ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 3 ވަނަ ބުރު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސި ބަހުގެ ފާހެއް އޮތުން ލާޒިމު ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަދިނުމާ ބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާ އިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ހާސިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ތިންވަނަ ބުރު 27 ޖަނަވަރީ 2016 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

  • އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން އަދި www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ފީއަށްވާ -/500 (ފަސް ސަތޭކަ) ރުފިޔާ 27 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 11:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކައި، ފޯމު ފުރިހަމަކުރައްވައި އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒުގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 31 ޖަނަވަރީ 2016 ވާ ބުދަދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ.

21 ޖަނަވަރީ 2016
ހޯދާ