ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން އައިޓީ

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 17 ޖަނަވަރީ 2016 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ސައިންސް

1 - ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ     

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 15 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ސ. ހިތަދޫ (15 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 3 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

17 ޖަނަވަރީ 2016

21 ޖަނަވަރީ 2016
ހޯދާ