ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)   

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އދ. ދަނގެތީ ސްކޫލު

މަޤާމުގެ ގިންތި: ވަގުތީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ފައިނޭންސް ސެކްޝަން، ދަނގެތީސްކޫލް، އދ. ދަނގެތި

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.

3. ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވަންޖެހޭ ދެންނެވުންތަކާއި، އެންގުންތަކާއި، ނޯޓް ލިޔެ ފޮނުވުން.

4. އެކިބައްދަލުވުންތަކުގެ ނޯޓް ތައްޔާރުކުރުން.

5. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން، މުވައްޒަފުންގެ އިތުރުގަޑީގެ ކަންކަން ބެލެހެއްޓުން.

6. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުން.

7. އިދާރީ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

8. ލިޔެކިޔުމުގެ ސްޓޮކާއި، ހަރުމުދަލުގެ ސްޓޮކް ބެލެހެއްޓުން.

9. ސުކޫލުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ނިންމުން.

10. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި ކަންކަންކުރުން.

11. ރަސްމީ ބަޖެޓާއި، ސްކޫލުގެ އެހެނިހެން ފައިސާއާބެހޭ އެންމެހައި ލިޔެ ކިޔުންތައް ލިޔެބެލެހެއްޓުން.

12. ބިލްތައް އެންޓްރީކުރުމާއި، އޯޑަރ ފޯމް ތައްޔާރުކުރުމާއި، ބިލްތަކުގެ ވައުޗަރ ހެދުމާއި އެޓޭޗްކުރުން.

13. ޕޭމަންޓް ވައުޗަރތައް އެސް އޭ ޕީ އަށް އެންޓަރކުރުމާއި ޕޯސްޓްކުރުން.

14. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް، ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

15. ގަވަރމެންޓް އީ-ލެޓަރ މެނޭގުމަންޓުގެ ކަންތައްތައް ބެލެހެއްޓުން.

16. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި، އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން، އެތަކެތި ބަލައިގަނެ، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

17. އެގްރީމެންޓްތައް ތައްޔާރުކުރުން.

18. ސަޕޯޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.

19. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 6 ޖަނަވަރީ 2016 އާއި 8 ޖަނަވަރީ 2016 އާދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 5 ވަނަ ދުވަހުގެ 11:30 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680803 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 


16 ރަބީޢުލްއައްޥަލް 1437

27 ޑިސެންބަރު 2015
ހޯދާ