މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު އިތުރު 2 ފަރާތަކަށް ދޫކުރުމަށް

އިޢުލާން

ކޮންޓްރޯލް ޑްރަގްސްއާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ  އެތެރެކުރުމުގެ ފުރުޞަތު އިތުރު ފަރާތްތަކަށް ހުޅުވައިލުމުގެގޮތުން، އެކަމަށް ދޫކުރާ ޚާއްޞަ ހުއްދަ، މިކަމުގެ ޝަރުޠު ފުރިހަމަވާ އިތުރު 2 ފަރާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް، 2015 ޑިސެންބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2015 ޑިސެންބަރު 16 ވަނަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ  3014317 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015
ހޯދާ