އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް އޮފިސަރ – ކްލެއިމްސް އެންޑް ޕްރޮސެސިންގ ޑިޕާޓްމަންޓް

މި މަޤާމުގެ މަސްޢޫލިއްޔަތުގެ ތެރޭގައި، އާސަންދައިގެ ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތާއި އިންވޮއިސްތައް ބެލެހެއްޓުމާއި، ޑިޕާޓްމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ. ސީ. އީ. އޭލެވެލް 2 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން.

- އަދާކޮށްފައިވާ ވަޒީފާތަކާއި، މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ.

- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން.

- އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.

ވަޒީފާގެ ޒިންމާތައް:

- އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރެޖިސްޓަރ ބެލެހެއްޓުމާއި، ލިބޭ އިންވޮއިސްތައް، ގުޅުންހުރި ޑިޕާޓްމަންޓަށް ފޮނުވުން.

- އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް، ހަމަޖެހިފައވާ އުޞޫލުގެ ތެރެއިން ބެލެހެއްޓުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވޮއިސްތަކާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

- އާސަންދަ ކުންފުނީގެ ތަފާސްހިސާބު ޔުނިޓުގެ މަސައްކަތް މޮނިޓަރކޮށް ބެލުން.

- އިންވޮއިސްގެ ޞައްޙަކަން ޕޯޓަލް މެދުވެރިކޮށް ބަލައި ޗެކްކުރުން.

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮސެސްކޮށް ނިންމާ އިންވޮއިސްތައް ޕްރިންޓްކުރުމާއި، ސްކޭންކުރުމާއި، ފައިލްކުރުން.

- ކުންފުނީގެ އުޞޫލާ އެއްގޮތަށް ފޮނުވާފައިވާ އިންވޮއިސްތައް ހުއްދަ ލިބެންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން.

- ފައިސާ ދެއްކިފައިވާނުވާ އިންވޮއިސްތަކުގެ ރިޕޯޓުތައް، ސުޕަވައިޒަރެއްގެ ލަފަޔާއެކު ތައްޔާރުކުރުން.

- ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި، ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.                                     

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.

ކުރިމަތިލުމުގެ ސުންގަޑި: 2015 ޑިސެންބަރު 6 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ