މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތް މޮނިޓަރކޮށް، ބަލަހައްޓާނޭ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ އެންޓަރކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓާނޭ ފަރާތެއް ބޭނުންވެއްޖެ.

2015 ވަނަ އަހަރުގެ ނޭޝަނަލް އެސެސްމަންޓް ޓެސްޓުގެ ޑޭޓާ އެންޓަރކުރުމުގެ މަސައްކަތް އޯވާސީކޮށް ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް 01 މަސްދުވަހުގެ މުއްދަތަށް މި މަސައްކަތްކޮށްދޭނެ ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/350 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑި (ހެނދުނު 08:00 ން މެންދުރުފަހު 14:00) ގައެވެ.

މަޤާމް: ޑޭޓަރ އެންޓްރީ ސުޕަވައިޒަރ

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:                                       

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ- ނޭޝަނަލް އެސެސްމަންޓުގެ ޑޭޓަރ އެންޓަރކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ސުޕަވައިޒްކުރުން.

ށ- ޑޭޓަރ އެންޓަރކުރުމުގެ ކަންތައްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ބޭނުންވާނޭ ކަންތައްތައް، ޑިޕާޓްމަންޓުގެ ލަފައާއެކު ކުރިއަށްގެންދިއުން.

ނ- މީގެ އިތުރުން، ޑިޕާޓްމަންޓުގެ ފަރާތުން ކުރާ ނެޝަނަލް އެސެސްމަންޓާ ގުޅުންހުރި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އެއްގޮތަށް ކުރުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ،  6 ޑިސެންބަރު 2015 އާއި 08 ޑިސެންބަރު 2015 އާ ދެމެދުގައި ވެލާނާގޭގެ 9 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 3 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ވަޒީފާއަށް ލިޔުމަކުން ހުށަހެޅުން އެދެމެވެ. އަދި މި ލިޔުން ހުށަހަޅާއިރު، ތިރީގައި މިދަންނަވާ ތަކެތި ހުށަހެޅުން އެދެމެވެ.

1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

2- ވަޒީފާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ނޯޓް: 

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ފަރާތުން މި މުވައްޒަފުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ދެފަރާތުގެ އެއްބަސްވުމުގެދަށުން ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341220 ނަންބަރު ފޯނަށް ނުވަތަ 3341280 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ