ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މުޤައްރަރު ލިޔާނެ ފަރާތެއް ހޯދުމާބެހޭ

މިފެކަލްޓީގައި މިހާރު ކުރިއަށްގެންދާ އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް އެޑިޔުކޭޝަން ކޯސްތަކުގެ ތިރީގައިމިވާ މާއްދާގެ އައުޓްލައިން ލިޔުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މާއްދާ:

01.  ސޮފްޓްވެއަރ ފޮރ ޑާޓާ އެނަލެސިސް

އުޖޫރަ: މާއްދާއަކަށް -/7500ރ

ޝަރުޠު: މާއްދާގެ ނުވަތަ ދާއިރާއާގުޅޭ ރޮނގުން މާސްޓަރސް ޑިގްރީ ލެވެލްގައި ކިޔަވާފައިވުން. ނުވަތަ މާސްޓަރ ޑިގްރީގެ ތެރެއިން މާއްދާ ނުވަތަ ދާއިރާއާ ގުޅޭ މޮޑިއުލްތައް ފުރިހަމަކޮށްފައިވުން.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިފެކަލްޓީއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދޭ ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތުޝީޓު ގެންދަވާ ފަރާތްތަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ