މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

ޑައިރެކްޓަރ، ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް

-/25،000 ރުފިޔާއާއި -/30.000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

ކ. މާލެ – ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފުރިހަމައަށް މަސައްކަތްކުރާނެ ލޮޖިސްޓިކްސް ސިސްޓަމެއް ކޯޕަރޭޝަނުގައި ގާއިމްކޮށް، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލޮޖިސްޓިކްސް އެހީތެރިކަންދިނުން.
  2. ކޯޕަރޭޝަނަށް ހޯދާ މުދާ ރައްކާތެރިކަމާއެކު ގުދަންކޮށް ބެލެހެއްޓުމާއެކު، ގުދަނުގައި ހުންނަ މުދަލުގެ ތަފްސީލްތައް ގަވާއިދުން ބެލެހެއްޓުން.
  3. ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި އުސޫލުތައް އެކަށައެޅުން.
  4. ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތަށް ކޯޕަރޭޝަނުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، ކޯޕަރޭޝަނަށް އެއްމެ ފައިދާހުރިގޮތަށް ހޯދުން.
  5. ކޯޕަރޭޝަނުގެ މަސައްކަތުގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކާއި، އެއްތަނުން އަނެއްތަނަށް އުފުލާ މުދަލާއި ޚިދުމަތްތައް ވަގުތަށް ފޯރުކޮށްދިނުމާއެކު، ރައްކާތެރިކަން ޔަގީންކުރުން.
  6. ކޯޕަރޭޝަނުގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަނުގެ އެންމެހައި ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޯޕަރޭޝަނުގެ ހަރުމުދާތައް ބެލެހެއްޓުމާއި، ހަރުމުދާ މަރާމާތުކުރަންޖެހޭ ތާވަލްތައް އެކުލަވާލައި، ތާވަލްކުރެވިފައިވާގޮތަށް މަރާމާތުކުރުން.
  8. އަލަށް މާކެޓަށް ނުކުންނަ ތަކެއްޗާއި، ލިބެންހުރި ޚިދުމަތްތަކާބެހޭ ދިރާސާތައްކޮށް ބަލައި ހެދުމާއި، ކޯޕަރޭޝަނުގެ މަސައްކަތަށް އެހީތެރިވެދޭ މުދަލާއި ޚިދުމަތްތައް ކޯޕަރޭޝަނަށް ތަޢާރަފުކުރުން.
  9. ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް މަސައްކަތްތަކާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން.
  10. ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާރޓްމަންޓުގެ ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށްގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމްކޮށްދިނުން.
  11. ކޯޕަރޭޝަނުގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެގޮތުގައި ކޯޕަރޭޝަނުގެ ލަނޑުދަޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމްކުރުން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3018329، 3018330، 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމް (ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  •   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2015 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ.

އިންޓަވިއުއާއި އިމްތިޙާންކުރުން:

- އިންޓަރވިއުއާއި އިމްތިޙާންކުރުން 27 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ