މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ރިސެޕްސަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS3

މުސާރަ

މަހަކު -/4665 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޓިވް

ވަޒީފާ އަދާކުރަންޖެހޭ ތަން

ށ.މާއުނގޫދޫ ޞިއްޙީމަރުކަޒު / ށ. މާއުނގޫދޫ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ށ.މާއުނގޫދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޕޭޝަންޓުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަޖިސްޓްރޭޝަނުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.

2. ޞިއްޙީ މަރުކަޒުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދަން ފޯނުން ނުވަތަ އެހެން ގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތްކުރުމާއެކު، ކަންކަން އޮންނަގޮތް ރަނގަޅަށް ސާފުކޮށް ބުނެދިނުން.

3. ޕޭޝަންޓުންގެ މެމޯ ހެދުމާއި، ޕްރިސްކްރިޕްޝަން ތައްޔާރުކުރުން.

4. އާސަންދައިގެދަށުން ހަދަންޖެހޭ ޓްރާންސެކްޝަންތައް ހެދުމާއި އާސަންދައިގެ އެންމެހާ ލިޔެކިޔުން ތައްޔާރުކުރުން.

5. ޖީ.ޕީ ސަރވިސްއާ ގުޅިގެން ބަލަހައްޓަންޖެހޭ ބަލިމީހުންގެ ފައިލްތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

6. ތަރުޖަމާނު ނެތް ޙާލަތުގައި ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމުގައި އެހީތެރިވެދިނުމާއި، ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން މެޑިކޯ ލީގަލް އާއި ރިފަރަލް ފަދަ ލިޔުންތައް ތައްޔާރުކުރުން.

7. ޕޭޝަންޓުން ރިފަރކުރާއިރު ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމުގައި އެހީތެރިވުން.

8. އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ

ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި، އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑިތަކުގައި މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6540592 އެވެ.

28 ސެޕްޓެންބަރު 2015
ހޯދާ