ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު (ފިރިހެން)

މަޤާމު:

 މަސައްކަތު (ފިރިހެން)

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/3100 ތިންހާސްއެއްސަތޭކަ ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1000 އެއްހާސް ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ/ މާލެ

ސެކްޝަން/ ޔުނިޓް

އެކަޑަމިކް/ އިދާރީ ޝެކްޝަން

ފެންވަރު ނުވަތަ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • އެކިއެކި މީޓިންގ ތަކަށް ކޮފީ/ ސައި ތައްޔާރު ކުރުން
  • މުވައްޒަފުން ތިބޭބައިތައް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތަކާއި، ސައިކޮޓަރި ސާފުކުރުން.
  • އެކިއެކި ބައްދަލުވުން ތަކަށާއި ހޯލްގައި ގޮނޑިޖެހުމާއި ތައްޔާރުކުރުން، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވަންޖެހޭ ކްލާސްރޫމްތަކާއި. އޮފީސް ފަދަ ތަންތަން ފޮޅާ ސާފުކޮށް ހުޅުވުމާއި ލެއްޕުން.
  • އިމާރާތުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ކޮމްޕިއުޓަރާއި އެހެނިހެން ބަރު އިކްވިޕްމެންޓްތައް ގެންދިއުމުގައި ޢަމަލީ ގޮތުން ކުރުން
  • ކްލާސްރޫމްތަކާއި، އިމްތިޙާނުތަކާއި އަދި ސެމިނާރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން އެކަމަކާ  ހަވާލުވެހުންނެވި މުވައްޒަފެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުމާއި އަދި ޢަމަލީގޮތުން އެމަސައްކަތުގައި ބައިވެރިވުން. އެކިއެކި ބައްދަލު ވުންތަކަށް  ބޭނުންވާތަކެތި ގަންނަން ދިޔުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން
  • ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ފޯން ނަންބަރާއެކު.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށްހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ  ތާރީޚު:

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 30 ސެޕްޓެންބަރު 2015ވާ ބުދަ  ދުވަހުގެ މިޔުނިވަރސިޓީގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއުބޭއްވޭނެ މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބާޢްވާ އިންޓާރވިއު އޮންނާނީ 05 އޮކްޓޫބަރު 2015ން އާއި 07 އޮކްޓޫބަރު 2015 އާދެމެދު މިޔުނިވަރސިޓީގައެވެ.

އިންޓަރވިއުބޭއްވޭނެ މުއްދަތު:

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިއިޢުލަނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 33227185 އަށް ގުޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ