މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަން: ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ: 5610.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް/ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު.

ޝަރުޠު:

  1. ސްޕޯޓްސް މެނޭޖްމަންޓް/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސްޕޯޓްސް މެނޭޖްމަންޓް/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ސްޕޯޓްސް މެނޭޖްމަންޓް/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އެސޯސިއޭޝަންތަކާ ގުޅިގެން ހިންގޭ ޓްރެއިނިންގތައް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުން.
  2. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑް ފައިލް ބެލެހެއްޓުން.
  3. އިންސްޓްރަކްޓަރުންނަށް ގަވާއިދުން ކޯސް ރަޖިސްޓްރީ އަދި ދަރިވަރުންގެ ރިކޯޑް ލިބޭނެ ގޮތް ހަމަޖައްސައިދިނުން.
  4. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ ބެލެހެއްޓުން.
  5. ގަވާއިދުން ހާޒިރުނުވާ ދަރިވަރުންގެ ރިކޯޑްތައް ބަލައި، ހާޒިރުނުވާ ދަރިވަރުންނަށް އެކަން އެންގުން.
  6. ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓްސްތަކާއި، މޮޑިއުލްްސް ބަރާބަރަށް ޙަވާލުކުރުން.
  7. ދަރިވަރުންގެ އަޚުލާޤާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ދަރިވަރުންނަށް ލިބޭ ކުރިއެރުން ފާހަގަކޮށް، އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  8. ނަތީޖާ ފޯމު، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ދުވަހު  ޙަވާލުކުރުން.
  9. އިންސްޓްރަކްޓަރުންގެ އިރުޝާދުގެ މަތިން ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިޔުކުރުން.
  10. ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި އެކަން ހައްލުކުރުން.
  11. އިންސްޓްރަކްޓަރުންނާއި ދަރިވަރުންނާ ބައްދަލުކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  12. ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޑިއުުޓީއަށް ނިކުތުން.
  13. ސްޕޯޓްސްއާ ގުޅިގެން ރާއްޖޭއިން ބޭރުން އަންނަ ކޮންސަލްޓަންޓުންގެ މަސައްކަތުގައި ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ދިނުން.

ނޯޓް:

މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ސްޕޯޓްސް ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 04 އޮކްޓޫބަރު 2015 ވާ އާދިއްތަ ދުވަހު 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ