ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު: އެކައުންޓްސް އޮފިސަރ

މުސާރަ އާއި އެލަވަންސް

މަހަކު -/8900ރ

މަޤާމުގެ ރޭންކް

AS 5

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް އެންޑް ރެވެނިއު/އެކައުންޓްސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: އޭ.ސީ.ސީ.އޭ ނުވަތަ ސީމާ ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ އެކައުންޓުންނާއި ދައުލަތުން ކުންފުންޏަށް ކޮންމެ އަހަރަކު ދެއްވާ ފައިސާއިން ކުރެވޭ ޚަރަދާއި ލިބޭ އާމްދަނީ، ދުވަހުން ދުވަހަށް ބަލައި، ޚަރަދާއި ބާކީ އެގޭނޭހެން ހިސާބުތައް ލިޔުމުން ޑިޕާޓްމަންޓް ހެޑަށް ކޮންމެ ހަފްތާއެއްގެ އާދީއްތަދުވަހު ނިމުނު ހަފްތާގެ ރިޕޯޓުތައް ހުށަހެޅުން.
  2. ކުންފުންޏަށް ލިބޭ އާމްދަނީއާއި ޚަރަދުގެ ހުލާސާ ރިޕޯޓެއް ކޮންމެ މަހެއް ނިމުމުން އެމަހެއްގެ 05 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް އެސިސްޓެންޓް މެނޭޖަރއާ ޙަވާލުކުރުން.
  3. ކުންފުނިން ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކޮށް ގަވާއިދުން ޖީ.އެސް.ޓީ ދައްކަމުން ގެންދިއުން.
  4. ކުންފުންޏަށް ލިބޭ އާމްދަނީ އާއި ކުންފުނީގެ އެކައުންޓުން ކުރެވޭ ޚަރަދުގެ ތަފުސީލު ރިޕޯޓު ތައްޔާރުކޮށް ބޭންކް ސްޓޭޓްމަންޓް ރިކޮންސައިލްކޮށް، ރިކޮންސައިލް ރިޕޯޓާއެކު ޚަރަދާއި އާމްދަނީގެ ރިޕޯޓު ކޮންމެމަހެއް ނިމުމުން ފެށޭ މަހުގެ 05 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށްޓަކައި ސެކްރެޓަރީއާ ޙަވާލުކުރުން.
  5. ކުންފުނީގެ އެކައުންޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ