މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެންވަޔަރަމެންޓް އޮފިސަރ (ވަގުތީ)

މަޤާމު:

އެންވަޔަރަމެންޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5610ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

މަޤާމުގެ ޝަރުޠު:

  1. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވައަރަމެންޓް ސައިންސް/ އެންވައަރަމެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވައަރަމެންޓް ސައިންސް/ އެންވައަރަމެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވައަރަމެންޓް ސައިންސް/ އެންވައަރަމެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީ ކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާހުއްދަތައް ދޫކުރުމައި މިކަމާ ގުޅޭކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދިނުން
  2. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤިގެ މަޝްރޫއުތަކައި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކާ ބެހޭ ރިކޯޑް ބެލެހެއްޓުން
  3. ޓުރިސްޓް ރިޒޯޓުތަކުގައި އެކިއެކި ތިމާވެއްޓާއި ގުޅޭ ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ފެންވަރަށް އަދި ކަމާއިގުޅުންހުރި ގަވާއިދުތަކުގައިވާ ގޮތައްތޯ ބެލުން.
  4. ތިމާވެއްޓާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ ފަރާތްތަކުން އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގަރާމްތަކާއި ވޯކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ
  5. ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާބެހޭ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވެ އެހީތެރިވެދިނުން
  6. ޓޫރިޒަމް ފެސިލިޓީތައް ތަރައްޤީ ކުރެވޭއިރު ރާވަންޖެހޭ އިންސްޕްކްޝަންތައްރާވާ އިންސްޕެކްޝަންތައްކުރުން އަދި ރިޕޯޓު ތައްޔާރުކުރުން
  7. ރިޒޯޓްތަކުގެ ލޭންޑް އޭރިއާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން
  8. ރޓޫރިޒަމްގެ މަޝްރޫޢުތަކުގެ ތިމާވެއްޓާބެހޭ ދިރާސާތައް ބަލަހައްޓަވާ އެކަމާގުޅޭ މުޢާމަލާތްތައް ކުރުން.
  9. ސެކްޝަނަށްއަންނަ ސިޓީތަކަށް ވެރިއެއްގެ އިރުސާދުގެ ދަށުން ޖަވާބުދީ އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޑޭޓާ އެންޓްރީ ނުވަތަ ތަފާސް ހިސާބު ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން މޭ 2016ގެ ނިޔަލަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެންހުންނާނެ)
  2.  ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑީ:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 06 އޮކްޓޫބަރު 2015ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

15 ސެޕްޓެންބަރު 2015
ހޯދާ