ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ޕްރޮޖެކްޓްސް

މަޤާމު: މެނޭޖަރ ޕްރޮޖެކްޓްސް

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

މަޤާމުގެ ރޭންކް

EX3

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގސްތަކާއި ސްޕެސިފިކޭޝަންތައް ދިމާވޭތޯބަލައި ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ސްޓްރަކްޗަރަލް ޑިޒައިން އަދި ޕްރޮޖެކްޓް ޑްރާފިންގ ގެ މަސައްކަތްތައް ބެލެހެއްޓުން
  • ކަނޑައެޅިފައިވާ ތާރީޚްތަކަށް ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ނިންމުމަށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ ބެލެހެއްޓުން
  • ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން
  • ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާއި ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން
  • މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުން
  • ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ރާވައި ހިންގައި ބެލެހެއްޓުން
  • ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ޤަވާޢިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން

 

  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން
  • މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކޮންސްޓްރަކްޝަން އުސޫލުތަކާ އެއްގޮތަށްކަން ޔަގީން ކުރުމަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭ މަސައްކަތްތައް ތަހުގީގުކުރުން
  • ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްތައް އެކުލަވާލުމުގެ މަސައްކަތްތައް ބަލަހައްޓައި ބޭނުންވާ އިރު ޝާދުދީ އަދި ކޮންޓްރެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީން
  • ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޕްރޮޖެކްޓްތައް އެކުލަވާލުމާއި މެނޭޖް ކުރުމާއި އެގްޒެކިއުޓް ކުރުމުގެ ތަޖުރިބާ
  • މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަޓްގައި ބޭނުންކުރާ ސޮފްޓްވެއާރ ތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާ ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން
  • ކުއަންޓިޓީ ސާރވޭއިންގ ގެ ހުނަރާއި ޕްރޮޖެކް ކޯސްޓް އެނާލިސިސް އަދި ރިޕޯޓިންގ އަށް އަހުލުވެރިވުން
  • ޕީއެމްޕީ ސާރޓިފިކޭޝަން އެއްހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ،

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ