މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގް ސްޓޭންޑަޑްސް ކޮންސަލްޓަންޓް (އިންޓަރނޭޝަނަލް) ހޯދުމާ ބެހޭ

އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގް ސްޓޭންޑަޑްސް ކޮންސަލްޓަންޓް (އިންޓަރނޭޝަނަލް) ހޯދުމާ ބެހޭ 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގް ސްޓޭންޑަޑްސް (އިޕްސަސް) ކޮންސަލްޓަންޓެއް  ހޯދަން ބޭނުންވެއެވެ.

މިކޮންސަލްޓަންސީގެ މައިގަނޑު މަގުސަދަކީ ދަޢުލަތުގެ މާލީ ހިސާބުތަކާއި ފައިނޭންޝަލް ޕޮލިސީތައް ބައިނަލްއަޤުވާމީ އެކައުންޓިންގް ސްޓޭންޑަޑްއަށް ތަރައްޤީކޮށް ހަރުދަނާކުރުމާއި އެކަމާ ގުޅުންހުރި ސްޓާފުންނަށް ތަމްރީނު ދިނުމެވެ. 

ކޮންސަލްޓަންޓުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  • ސީޕީއޭ، އޭސީސީއޭ، ސީމާ، ސީއޭ، ސީ.އައި. ޕީ. އެފް. އޭ ނުވަތަ އެފެންވަރުގެ ކޮލިފިކޭޝަނެއް އޮތުން.
  • އެކައުންޓިންގ ތަމްރީނު ދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  • ދަޢުލަތުގެ ޓްރެޜަރީ އަދި ބަޖެޓް ސިސްޓަމަށް އަހުލުވެރިވެފައިވުމާއިއެކު އެކައުންޓިންގް އިންފޯމޭޝަން ސިސްޓަމްތަކުގެ ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން.
  • އިނގެރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރުވެރިކަން.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު އަދި ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ކޮންސަލްޓަންޓް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު/ ނޮވެންބަރު 2015އިން ފެށިގެން ހަތަރު (4) ހަފުތާ ތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ  ބުދަ ދުވަހު 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ،ދިވެހިރާއްޖެ،

ޓެލެފޯން:3349398 ،3349101،

ފެކްސް:3320706 ،3324432،

އީމެއިލް: [email protected]، [email protected]     

17 ސެޕްޓެންބަރު 2015
ހޯދާ