ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކްޓިވް

މަޤާމު: ސޭލްސް އެގްޒެކްޓިވް

މުސާރަ އާއި އެލަވަންސް

މަހަކު -/9450ރ

މަޤާމުގެ ރޭންކް

AS 4

ބޭނުންވާ އަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ ޗެނަލްތަކުން އިން ފޮނުވާ އެނައުންސްމަންޓްތައް ލިއެ (އެނައުންސްމަންޓް ވިޝުއަލްސް) ބްރޯޑްކާސްޓްކުރެވޭ ފެންވަރަށް ތައްޔާރުކޮށް އޮންއެއަރ ކޮންޓްރޯލްރޫމަށް ފޮނުވުން.
  2. އިޝްތިހާރު އަދި ޕްރޮގްރާމް ސްޕޮންސަރޝިޕް އަދި އެހެނިހެން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެޚިދުމަތްދިނުން
  3. އިޢުލާން އެނައުންސްމަންޓާއި ބެހޭ ފައިސާގެ ތަފްޞީލް ހަމަޖެހިފައިވާ އުސޫލުން ފައިނޭންސް ޑިޕާރޓްމަންޓާއި ޙަވާލުކޮށް އޭގެ ތަފްޞީލް ބެލެހެއްޓުން
  4. ހަފްތާ ރިޕޯޓަށް ބޭނުންވާ އިޢުލާން، އެނައުންސްމަންޓްގެ ސޭލްސް ތަފުސީލު ނަގައި ސްޕަވައިޒަރާއި ޙަވާލުކުރުން
  5. ކުންފުނީގެ ސޭލްސް ޑިޕާރޓްމަންޓުން ހިންގާ އެކްޓިވިޓީގެ ތަކުގައި ކަންކަން ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ