ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

މަޤާމު:

ލޯންޗް ޑްރައިވަރ

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް އެންޑް މެއިންޓަނަންސް

ބޭނުންވާ ޢަދަދު:       

03

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5600ރ އާއި -/11,000ރ އާ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:   

  • ބޭރުގައި އިންޖީނުއެޅި ކަނޑުދުއްވާ (10 މޭލަށް ވުރެން ބާރަށް ދުވާ) އުޅަނދުފަހަރުގެ ލައިސަންސް އޮތުން
  • އެތެރޭގައި އިންޖީނުއެޅި (10 މޭލަށްވުރެ ބާރަށް ދުވާ) އުޅަނދުފަހަރުގެ ލައިސަންސް އޮތުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރޭވޭ ފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ވެސަލް ދުއްވުމާއި އެތަކެތި ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

04 އޮކްޓޫބަރު 2015 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. 

މިމަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 04 އޮކްޓޫބަރު 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.       

01 ޛުލްޙިއްޖާ 1436 

15 ސެޕްޓެންބަރު 2015
ހޯދާ