ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އޮޑިޓް އެންޑް އިވެލުއޭޝަން

ޑިރެކްޓަރ، އޮޑިޓްއެންޑް އިވެލުއޭޝަން

މަޤާމު

އީ. އެކްސް 1

ރޭންކް

ޑިރެކްޓަރ

ކްލެސިފިކޭޝަން

އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަން

ސެކްޝަން

-/8835 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލެވަންސް

-/4000 ރުފިޔާ

25/3092 ރުފިޔާ

ލިވިންގ އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ތަޢުލީމާއި ތަޖުރިބާ:

 

  1. އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  2. ސިވިލް ސަރވިސް އިދާރާތަކުގެ ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓް ކުރުމާބެހޭ އުސޫލުތައް އެކުލަވާލައި، ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓްކުރުމާބެހޭ ޕްލޭންތައް އެކުލަވާލުން.
  3. ސިވިލް ސަރވިސްގެ އިދާރާތަކުން ސިވިލް ސަރވިސް ވަޒީފާއާބެހޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ޤާނޫނާއި ގަވާއިދާއި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ވަޒަންކުރުމަށްޓަކައި ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓް ޕްލޭންތަކާ އެއްގޮތަށް އޮޑިޓްކުރުމާބެހޭ އެންމެހާ މަސައްކަތްތައް ރާވާހިންގުން.
  4. ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓްއިން ފާހަގަކުރެވޭ ކަންތައްތަކާބެހޭ ރިޕޯޓުތައް އެކުލަވާލުން.
  5. ޕޯސްޓް-އެމްޕްލޯއިމަންޓްގެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ތަފުސީލީ ދިރާސާކޮށް، ދިރާސާ ރިޕޯޓުތައް ކޮމިޝަނަށް ހުށަހެޅުން.
  6. ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  7. މަސްއޫލު އޮފީސްތަކުގެ ކޮމްޕްލައަންސް އޮޑިޓްކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  8. މެނޭޖްމަންޓް އޮޑިޓް ފްރޭމްވަރކް އާއި އެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތައް ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  9. މަސްއޫލް އޮފީސްތަކުގެ މެނޭޖްމަންޓް އޮޑިޓްކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  10. ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  11. އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
  12. ކޮމިޝަނުގެ މަސައްކަތްތަކުގެތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54) 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2015 އޮކްޓޫބަރު 07 އާއި 2015  އޮކްޓޫބަރު 15 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
 
 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

01 ޛުލްޙިއްޖާ 1436ހ

15 ސެޕްޓެންބަރު 2015
ހޯދާ