މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

01

ޖެނެރަލް މެޑިކަލް ޕްރެކްޓިޝަނަރސް

ރޭންކް: CS12-1

މުސާރަ

މަހަކު -/15090 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/6150 ރުފިޔާ

ޑިވިޝަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / މޮނިޓަރިން އެންޑް ސަރވައިލަންސް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެޑްވާސް ޑްރަގް ރިއެކްޝަން ރިޕޯޓިންގ މެކޭނިޒަމްއެއް ޤާއިމްކޮށް ހިންގާ ބެލެހެއްޓުން.
  • ބޭސް ބޭނުންކުރުމުގައި ދިމާވެދާނެ މައްސަލަތަކާއި އަދި ބޭހުގެ ރައްކާތެރިކަމާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާ ބަލަހައްޓާ ދެމެހެއްޓުން.
  • ރެޝަނަލް ޕްރިސްކްރައިބިންގ ޕްރޮމޯޓްކުރުމުގެގޮތުން ޕްރިސްކްރިޕްޝަން އޮޑިޓްހެދުމުގައި ފަންނީލަފާ ދީ، އެނަލައިޒްކޮށް ކަމާބެހޭ ފަރާތްތަކަށް ފީޑްބެކްދިނުން.
  • ޑޮކްޓަރުންނަށް ހޭލުންތެރި އަދި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ، ހިންގާ ދެމެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމް ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން،

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން /ޑިވިޝަން

ރެގިއުލޭޝަން / ތެރަޕިއުޓިކް ގުޑްސް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެޑިކަލް ޑިވައިސް ގެ ޤާނޫނު ހެދުމުގައި އެހީތެރިވެދިނުމާއި، ޤާނޫނު ހެދުމުން ޤާނޫނުގެ ދަށުން ހުންނަން ޖެހޭ ޤަވާއިދު ތަކާއި އެސް އޯ ޕީ ތައް ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުން
  2. މެޑިކަލް ޑިވައިސަސް ގެ ރަޖިސްޓްރީ ކުރުމަށް ހުށަހެލުމުން ބަލައިގަނެ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކޮށް ލިޔެކިޔުން ތައް ފައިލުކޮށް ބެލެހެއްޓުން
  3. މެޑިކަލް ޑިވައިސް އިމްޕޯރޓް ކުރާ ފަރާތްތަށް ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ތައް ކޮށް ލިޔެކިޔުންތައް ބަލަހައްޓާ ފައިލް ކުރުން
  4. ކެމިކަލް ހުއްދަދިނުމާއި ބެހޭގޮތުން ކްލައިންޓުންނަށް މައުލޫމާތު ދިނުމާއި، ފޯމު ހުށަހެޅުމުން އެފޯމް ބަލައިގަނެ އޭގައިވާ ކެމިކަލްސްތައް އިވެލުއޭޓްކޮށް އެއަށް ގޮތެއްނިންމާ، ސްޕަވައިޒަރުގެ ސޮއިހޯދުމާއި، ފޯމު ޑިފެންސަށް ޖެމްސްއިން ފޮނުވުމާއި، ފޯމްގެ ކޮޕީ ފައިލް ކުރުމާއި މައުލޫމާތު އެކްސެލް ޝީޓްއަށް އެންޓަރ ކުރުމާއި، ކްލައިންޓަށް ކެމިކަލް ހުއްދައިގެ އެއްވެސް މައްސަލައެއްނެއްނަމަ 2 ދުވަހުގެ ތެރޭގައި ހަވާލުކުރުން
ތަޢުލީމާއި ތަޖުރިބާ 
  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފާމަސީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން/ޑިވިޝަން

ރެގިއުލޭޝަން ސެކްޝަން / މެޑިސިން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނުމަށް އަލަށް ހުށަހެޅޭ ބޭސްތަކުގެ ޑޮޒިއަރ ކަނޑައެޅިފައިވާ މަރުހަލާ ތަކުގައި އިވެލުއޭޓް ކުރުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި ފާރމަސޫޓިކަލް  ބޯޑަށް ހުށަހަޅައި ގޮތެއް ނިންމުން
  2. އެޕްރޫވްޑް ޑްރަގް ލިސްޓް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  3. ބޭރުގެ ޑްރަގް ފާރމްތަކުގެ ރެޕްރެޒެންޓްޓިވްސް އިން އެމް އެފްޑީ އޭގެ ވެރިންނާއި ބައްދަލު ކުރަން އެދިއްޖެނަމަ ބައްދަލުވުންތައް ހަމަޖައްސައިދީ، ބައްދަލުވުން ތަކުގައި ބައިވެރިވުން
  4. ބޭރުގެ ޑްރަގް ފާރމް ތަކުންނާއި، ރާއްޖޭގައި ތިއްބަވާ ޑްރަގް ފާރމް ތަކުގެ އެޖެންޓުން ބޭސް ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އެދިއްޖެ ނަމަ އެފަރާތް ތަކަށް މަޢުލޫމާާތު ދިނުން
  5. ސެކްޝަނަށް ފާރމަސީ ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް އަންނަ މީހުންނަށް މަޑުމައިތިރިކަމާއެކު ކަން އޮޅުން ފިލާވަރަށް މަޢުލޫމަތުދީ ކަމާބެހޭ އޮރިއެންޓޭޝަން ދިނުން
  6. ފާރމަސީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތް ތަކުގެޑޮކިއުމަންޓްސް ބަލާ ޗެކު ކުރުމަށް ފަހު 3 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ފަރާތް ތަކަށް ހުށަހަޅާ ފޮލޯއަޕް ހެދުމާއި ރިކޯރޑްސް ބެލެހެއްޓުން
  7. ފާރމަސީ އިންސްޕެކްޝަން ހެދުން

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފާމަސީދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ /މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރޮޓޭޝަން އުސޫލުން ޕޯޓްތަކުގެ މަސައްކަތްތައްކުރުން.
  2. ކޮންޓްރޯލް ޑްރަގްސް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުން.
  3. އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފާމަސީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

06 އޮކްޓޫބަރު 2015ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013347 އެވެ.

15 ސެޕްޓެންބަރު 2015
ހޯދާ