ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ނިވްސް އެނަލިސިސްޓް

ޕީއެސް އެމުން ގެނެސްދޭ ބޭރުދުނިޔޭގެ ޚަބަރު ތަރުޖަމާކުރައްވާ އަދި އެނަރލިސިސް ހެދުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރައްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ޓައިޓަލް

ނިވްސް އެނަލިސިސްޓް

ބޭނުންވާ އަދަދު:

1

މަސައްކުރަންޖެހޭ ތަން

ޕީ.އެސް.އެމްގެ ޗެނަލްތައް ހިންގާ މާލޭގެ މައި މަރުކަޒުތައް.

ފެންވަރު ނުވަތަ ޝަރުޠު:

  1. ބޭރު ޚަބަރު ތަރުޖަމާ ކުރުމާއި، ދިރާސާ ކުރެއްވުމުގައި މަދުވެގެން 12 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  2. އަދި، ނޫސްވެރިކަން ނުވަތަ ޕޮލިޓިކަލް ސައިންސް ފަދަ ގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
  3. ރަނގަޅަށް އިނގިރޭސި ނުވަތަ ޢަރަބި ބަސް ދަންނަ ފަރާތަކަށްވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ބައިނަލްއަޤުވާމީ ޚަބަރުތަކުގެ ދިރާސާ ހެދުން،
  2. ޚަބަރާއި ރިޕޯޓުތައް ތަރުޖަމާ ކުރުން،
  3. ބޭރު ދުނިޔޭގެ ޚަބަރުތަކާގުޅޭ އެނަރލިސިސްތައް ހެދުން،
  4. ބޭރު ދުނިޔެއާބެހޭ ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް ރޭޑިއޯ އަށާއި، ޓީވީއަށް އުފެއްދުމަށް އެހީތެރިވެދީ އަދި ޚަބަރުތައް އެކުލަވާލާފައި ހުންނަ ހުރުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ ބޭނުންވާނޭ އިރުޝާދު ދީ ހެދުން.  

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މިކަމަށް ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ

މަހަކު -/7000 (ހަތްހާސް) ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓްކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކަމާގުޅޭ ތަޖުރިބާ އާއި ހުނަރު ހުރިމިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ އެފަދަ ލިޔުންތަކުގެ އަޞްލު ނުވަތަ އަސްލާއެއްގޮތް ކޮޕީ.

ނޯޓް: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

17 ސެޕްޓެންބަރު 2015 ހޯމަދުވަހުގެ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

ޕަބްލިކް ސާރވިސް މީޑިއާ

ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ.

26 ޛުލްޤަޢިދާ 1436 

10 ސެޕްޓެންބަރު 2015
ހޯދާ