މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ގްރައުންޑް އެސިސްޓަންޓް (ކޮންޓްރެކްޓް)

މަޤާމުގެ ނަން: ގްރައުންޑް އެސިސްޓަންޓް (ކޮންޓްރެކްޓް)

މުސާރަ: 3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 3

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު/ ނ.ހޮޅުދޫ

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުމާއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޔޫތު ސެންޓަރ ހިމެނޭ ސަރަޙައްދުތައް ބެލެހެއްޓުން
  • ޑިއުޓީ ޓޭބަލްގައިވާ ގޮތަށް ޑިއުޓީ ކުރުމާއި، ދުވަހުން ދުވަހުން ސްޕަރވައިޒަރއަށް މައްސަލަތައް އެންގުން
  • ޑިއުޓީގައި ހުންނައިރު ބަލަހައްޓަމުންގެންދާ ސަރަޙައްދަށް ކަމެއްދިމާވެއްޖެނަމަ ހަވާލުވެފައިވާ ސްޕަރވައިޒަރ ގުޅައިގެން އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން
  • ތަނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން
  • ތަނުގެ ލައިޓްތައް ކަނޑައެޅިފައިވާ ގަޑިއަށް ދިއްލާ ނިއްވުން

ނޯޓް:

  • ވޮޗަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހުންނަށް އިސްކަން ދެވޭނެއެވެ.
  • ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
  • މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ނ.ހޮޅުދޫ ކައުންސިލް އިދާރާ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ނ. ހޮޅުދޫ ކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ