ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މިކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 02

މަޤާމުގެ ރޭންކް:

އެސް.އެސް 02

މުސާރަ:

-/3,470 ރުފިޔާ

ސަރވިސް އެލަވަންސް:

-/-1,000 ރުފިޔާ

ލިވިންގ އެލަވަންސް:

-/2,550 ރުފިޔާ

އެހެނިހެން އެލަވަންސް:

ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ލ. ގަމު މެޖިސްޓްރޭޓް ކޯޓް

އަސާސީ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިމުންދިއުމާއެކު، އެސް.އެސް 1 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޯޓުން ބަހަންޖެހޭ ޗިޓާއި، ސިޓީ މެސެޖް ފަދަ ތަކެތި އެކި ފަރާތަކަށް ރައްދުކުރުން.
  • ކޯޓުގެ ފައިސާގެ ކަންތައްތައް ބަލަހައްޓަވާ  ބޭފުޅަކު އަންގަވާގޮތެއްގެ މަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި ބޭންކުން ފައިސާ ނެގުން.
  • ކޯޓުގެ ފަރުނީޗަރާއި ފާޚާނާތަކަށް ލިބޭ ކުދި ގެއްލުންތައް މަރާމާތުކުރުން.
  • ކޯޓުގެ އިދާރީ މަސައްކަތްތަކަށް އެޙީތެރިވެދިނުން.
  • މަސައްކަތުމީހަކު ނެތް ހިނދެއްގައި ކޯޓުގެ ގޯތިތެރެއާއި، ކޯޓު ތެރެ އަދި ފާޚާނާތައް ސާފުކޮށް ގަވާއިދުން ދިދަ ނަގާ ތިރިކުރުން.
  • ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާ މަޝްވަރާ ކުރުމަށްފަހު، ވަޒީފާގެ ބަޔާނަށް ގެނެވޭބަދަލުގައި ކަނޑައަޅާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

17 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި ކޯޓުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.justice.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

އެހެނިހެން ކަންތައްތައް

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ކޮޕީ ހުށަހަޅާ ލިޔުންތަކުގެ އަސްލުތައް އިންޓަވިއު އަށް ދުރުވާއިރު ގެންނަވަންވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ މިކޯޓުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6800719 އަދި 6800023 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6800722 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

27 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ