ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

މަޤާމު: ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1

ކްލެފިކޭޝަން  އަދި ރޭންކް: އެމް.އެސް. 1 (ސީނިއަރ އޮފިސަރ ގްރޭޑް 1 ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ފެންވަރު ނުވަތަ ޝަރުޠު: 

  • ކުޅިވަރުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކުޅިވަރުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ކުޅިވަރުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މުސާރަ: -/5610ރ

ސަރވިސް އެލަވަންސް: -/2000ރ

އިތުރުގަޑިގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުން:  

ހާސިލުކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން               

ކުރަންޖެހޭ މަސައްކަތް:

  • ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އެކިއެކި ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުން.
  • ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ފަރިތަކުރުންތައް އިންތިޒާމްކޮށް ދަރިވަރުން މުބާރާތަށް ތައްޔާރުކުރުން
  • އަދި ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.  

ހުށަހަޅަންޖެހޭތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ސްކޫލް ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސްކޫލްގެ ވެބްސައިޓް thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) އަދި މަސއްކަތުގެ ތަޖުރިބާދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ ސާފު ކޮޕީ އެއް
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ނަމްބަރާއެކު)

ވަޒީފާ އަދާކުރަންޖެހޭ ތަން: ތާޖުއްދީން ސްކޫލް

ސުންގަޑި:  މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ދުވަހުގެ މެންދުރުފަހު 2.30ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީދެންނެވިފައިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅުއްވާ ލިއުންތައް ހުށަހަޅުއްވާނީ ތާޖުއްދީން ސްކޫލް ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް: 3317318 ނަންބަރާ ގުޅުއްވުން އެދެމެވެ.

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ