މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2   

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ

( އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ފައިނޭންސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  •  އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ކުރިއަށްއޮތް އަހަރު ލަފާކުރާ ބަޖެޓުތައް ދާއިރާގެ ތަންތަނުން މިނިސްޓްރީއަށް ގެނުވައި، ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ބަޖެޓު ތައްޔާރުކުރުން
  2. ބަޖެޓު ޚަރަދުކުރަނީ ކަނޑައެޅިފައިވާ އެކްޓިވިޓީސްތަކަށްތޯ ބަލައި މަހުންމަހަށް ބަޖެޓު ރިވިއު ކުރުން.
  3. ބަޖެޓާ ގުޅުން ހުރި ޕްލޭނިންގ މަސައްކަތް ކުރުމާއި ބަޖެޓް ޕަރފޯމަންސް ޕްރެޒެންޓޭޝަން ތައްޔާރުކުރުން.
  4. މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާތަކުގެ ސްޕެންޑިންގ ޕްލޭން ތައްޔާރުކުރުން.
  5. ފައިނޭންސް ޔުނިޓުގެ ފަރާތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގައި އެހީތެރިވުން.  
  6. ފައިނޭންސްޝިއަލް ރިޕޯޓް ހެދުމަށް ބޭނުންވާ އެކިއެކި ހަރަދު ރިޕޯޓާއި ޓްރަސްޓް ފަންޑްގެ ރިޕޯޓުތައް ޗެކްކުރުމާއި ހެދުން     

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފައިސާއާ ބެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި މައިކްރޯ ސޮފްޓް އެކްސެލް ބޭނުން ކުރަން އެގޭ މިންވަރު
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 ސެޕްޓެންބަރު  2015 އާއި 18 އޮކްޓޫބަރު 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ