މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރއެއް ބޭއްވުމަށް

2015 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން ބާއްވާ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރއެއް ބޭއްވުމަށް

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން މިމިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ 15 އިން 17 އޮކްޓޫބަރު 2015 ގެ ނިޔަލަށް ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިރީގައި މިދަންނަވާ ހަރަކާތްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ޖޮބް ފެއަރގެ ސްޓޯލް ޖަހައިދިނުން އަދި ރޫޅާލުން (30 ސްޓޯލް)
  2. ސައުންޑް އަދި ލައިޓްސް ސިސްޓަމް
  3. ހުޅުވުމުގެ ރަސްމިއްޔާތު
  4. ފޮޓޯ ނެގުމުގެ ޚިދުމަތް

ވީމާ، މިކަން ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 ޛުލްޤަޢިދާ 1436

06 ސެޕްޓެންބަރު 2015
ހޯދާ