ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓާފް އެކޮމޮޑޭޝަން ބްލޮކެއް އިތުރުކުރުމާބެހޭ

ކ.ތިލަފުށީ އެފް.އެސް.އެމް ސައިޓްގައި ޢިމާރާތްކޮށްފައިވާ ސްޓާފް އެކޮމޮޑޭޝަނަށް، ބްލޮކެއް އިތުރު ކުރުމަށް ބޭނުންވާތީ، އިތުރުކުރުމަށް ބޭނުންވާ ބްލޮކްގެ ކޮންސެޕްޓާއި ޑީޓެއިލް ޑްރޯވިންގ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2015
ހޯދާ