ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެސެސަރުން ބޭނުންވެއްޖެ

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީގެ ސްޓެންޑަރޑްތަކާއި އެއްގޮތަށް ހިންގާ، ތިރީގައި ބަޔާންކުރާ، ޕްރޮގުރާމްތަކުގައި އެސެސަރުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތްތައް ބޭނުންވެއެވެ.

ދާއިރާ 

އިލެކްޓްރީޝަން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • އިލެކްޓްރީޝަން ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިހުރުން. ނުވަތަ،
  • ގުޅުން ހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިފުރުން.

ދާއިރާ

ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންނުވަތަ،
  • ގުޅުން ހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާ

އައި.ޓީ ޓެކްނީޝަން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • އައި.ޓީ ޓެކްނީޝަން ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންނުވަތަ،
  • ގުޅުން ހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

ދާއިރާ

ރީޓެއިލް ސަރވިސް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • ރީޓެއިލް ސަރވިސް ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންނުވަތަ،
  • ގުޅުން ހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެސެސަރުންގެ މަސްއޫލިއްޔަތު

  • ޕްރޮގުރާމްތައް އެސެސްކުރުމަށް ބޭނުންވާ މެޓީރިއަލްސް، ތިއަރީ އަދި ޕްރެކްޓިކަލް ޕޭޕަރ ތައްޔާރުކުރުން.
  • ޕްރޮގްރާމްތައް ފުރިހަމަ ކުރާ ފަރާތްތައް އެސެސް ކުރުން އަދި އެސެސް ކުރުމާގުޅޭ ހުރިހާކަމެއް ކުރުން.
  • ޕޭޕަރތައް މާކްކުރުމާއި ޓިވެޓް އޮތޯރިޓީއަށް ހުށައަޅަންޖެހޭ ލިޔެކިއުންތަށް ހުށައެޅުން.

ސިޓީއާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

  • އެސެސްކުރުމަށް ރާއްޖެތެރެއަށް އަދި ރިސޯޓްތަކަށް ދެވޭފަދަ ފަރާތަކަށްވާންޖެހޭނެއެވެ.
  • އެސެސްކުރުމަށް ތައްޔާރުކުރަންޖެހޭ މެޓީރިއަލް ތައްޔާރުކުރުމަށް ވަގުތު ދެވޭފަރާތަކަށް ވާންޖެހޭނެއެވެ.
  • އެސެސްކުރުމަށް ގިނަވަގުތުގައި އުޅެވޭފަދަ ފަރާތަކަށް ވާންޖެހޭނެއެވެ.

ސުންގަޑި

2015 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީއަށް، ގާޒީ ބިލްޑިލްގެ ގުރައުންޑް ފުލޯއަށް،

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9950241 ނަންބަރު ފޯނާއެވެ.

19 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015
ހޯދާ