އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޔޫ.އައި./ ޔޫ.އެކްސް. ޑިވެލޮޕަރ

ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސް

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މި ކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމްގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން

މަޤާމު: ޔޫ.އައި./ ޔޫ.އެކްސް. ޑިވެލޮޕަރ (އަދަދު: 01)

ޝަރުޠު:

  • ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
  • މަދުވެގެން 2 އަހަރުގެ UI/UX ޑިޒައިން ތަޖުރިބާ ލިބިފައިވުން
  • ވެބް އަދި މޮބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • އެހެން މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން
  • ވެބް ޑިޒައިން ކުރުމުގެ ހުރިހާ ހަރުފަތެއްގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • އެޑޯބް އެޕްލިކޭޝަންތަކަށް ފަރިތަވެފައިވުން (ފޮޓޯ ޝޮޕް. އިލަސްޓްރޭޓަރ، ޑްރީމްވީވަރ، އަދި މިނޫނަސް ވެބް ޑިޒައިންކުރުމާ ގުޅޭ)
  • ޒަމާނީ ވެބް ޕްލެޓްފޯމްތަކަށާއި HTML 5, CSS, JavaScript އާ ފްރޭމްވަރކްތަކަށް އަހުލުވެރިވެފައިވުން
  • އެންޑްރޮއިޑް އަދި އައި.އޯ.އެސްއަށް މޮބައިލް އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފްރަންޓް އެންޑް ސޮލިއުޝަންތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުން
  • ފަންގޝަނަލް "UI" ރިކުއަޔަމަންސްޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
  • ވޯރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "UI" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
  • ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހޯދައި ބެލުން
  • ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސަސް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
  • ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
  • "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު " UI" ފަންގޝަނަލަޓީ އިމްޕްލެމެންޓް ކުރުން
  • ސޮފްޓްވެއަރ އާ ބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަން ދިނުން

 މުސާރަ: -/18،000 އާއި -/28،000 ރުފިޔާއާ ދެމެެދު

މުއްދަތު: 6 މަސްދުވަހުގެ ކޮންޓްރެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 30 ސެޕްޓެންބަރު 2015 ވާ އަންގާރަދުވަހު މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ               

ފޯން: 1400 960 301 + ފެކްސް: 1400 960 301 +

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

03 ސެޕްޓެންބަރު 2015
ހޯދާ