މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (އެމް.އެސް 2 )

މުސާރަ:

6,295.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޗް.އާރް ސެކްޝަން 

މަޤާމުގެ ޝަރުޠު:

  • މަޤާމަށް ބޭނުންވާ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މަޤާމަށް ބޭނުންވާ ދާއިރާއަކުން (މީގެ ތެރޭގައި ހިޔުމަން ރިސޯސް، ބިޒްނަސް، މެނޭޖަމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިޔުމަން ރިސޯސް، ބިޒްނަސް، މެނޭޖަމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިޔުމަން ރިސޯސް، ބިޒްނަސް، މެނޭޖަމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ އޮނިގަނޑު އެކުލަވައިލުމާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • މި މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މަސައްކަތްތައް ކުރުން
  • މުވައްޒަފުން ޓްރާންސްފަރ، ވަޒީފާއިން ވަކިވުން އަދި ވަކިކުރުމުގެ އެންމެހައި ކަންތައްތައް ކުރުން
  • ކުރާ މަސައްކަތާ ގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • މިނިސްޓްރީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް އެޗް އާރުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • އޮފީހުގެ މަސައްކަތާ ގުޅޭގޮތުން އޮފީހުން ހަވާލުކުރާ މަސައްކަތްކުރުން
  • މުވައްޒަފުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ
  • ފިނޭންސް އެލަވަންސްގެ ގޮތުގައި %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުރަންސް)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރާއި މުޢާމަލާތު ކުރުމުގައި ރަޙުމަތްތެރިކަމުގެ ސިފަހުރުން.
  • ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރުހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

3 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339 /3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. 

04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015
ހޯދާ