މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން 1 އަހަރުގެ ކޮންޓްރެކްޓް)   

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/30 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

-

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޑްމިނިސްޓްރޭޓިވް ސެކްޝަން     

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮންމެ ދުވަހަކު މިނިސްޓްރީން ޙަވާލުކުރާ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން
  • ކޮންމެ ދުވަހަކު ރަސްމީ ގަޑި ފެށުމުގެ ކުރިން މިނިސްޓްރީން ޙަވާލުކުރާ ސެކްޝަންތައް ސާފުކުރުން
  • ކޮންމެ ދުވަހަކު މިނިސްޓްރީގެ ތަންތަން ކުނިކަހައި މޮޕް ކުރުން
  • މިނިސްޓްރީގެ އައު ޢިމާރާތުގެ ޑިޔުޓީގައި ހުންނައިރު ސާފުކުރަންޖެހޭ ތަންތަން ސާފުކުރުން
  • މިނިސްޓްރީގެ ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން
  • މިނިސްޓްރީގައި އޮންނަ އެކި މީޓިންގތަކަށް ސައިތައްޔާރުކޮށް ސައިވެއްދުން
  • މަސައްކަތަށް ދަތިނުވާގޮތަށް މުވައްޒަފުންގެ ސައި ތައްޔާރުކުރުމުގެ ކަންތަކުގައި އެހީތެރިވެދިނުން
  • މި މިނިސްޓްރީއަށް އަންނަ ސިޓީ، މެމޯ އަދި ފެކްސް ފަދަ ތަކެތި ސެކްޝަންތަކަށް ބެހުން.
  • މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ވެރިން އަންގަވާ އޮފީހުގެ މަސައްކަތް ކުރުން

އުޖޫރައާއި އިނާޔަތްތައް:

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

މުޢާމަލާތުކުރާ ގޮތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

3 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339 /3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.


03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ