މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޢިމާރާތްތައް މަރާމާތުކުރުމަށް ބޭނުންވާ ކުރެހުންތަކާއެކު ބިޑް ޑޮކިއުމަންޓާއި ބީއޯކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ޢިމާރާތްތައް މަރާމާތުކުރުމަށް ބޭނުންވާ ކުރެހުންތަކާއެކު ބިޑް ޑޮކިއުމަންޓާއި ބީއޯކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ