ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ދ. މާއެނބޫދޫ ޕްރީސްކޫލުގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: 36/IUL)380/2015)ފ(13-07-2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް ޕްރީސްކޫލުގެ އިންފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑީގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚާއި ސުންގަޑި:
  • ތާރީޚު:  16 އޮގަސްޓު 2015 ގައި
  • ގަޑި:   14:00 ގައި
  • ތަން:  މާއެނބޫދޫ ކައުންސިލްގެ އިދާރާގައި
  • އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ސުންގަޑި:
  • ތާރީޚު:  20 އޮގަސްޓު 2015 ގައި
  • ގަޑި:   14:00 ގައި
  • ތަން:  މާއެނބޫދޫ ކައުންސިލްގެ އިދާރާގައި

މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6760043 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ