މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އޭ.ސީ. ތައް ސަރވިސްކޮށް މެއިންޓެއިން ކުރުމާބެހޭ

މި މިނިސްޓްރީއާއި އަދި މި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ އިމާރާތުގައި ހަރުކުރެވިފައިވާ އޭ.ސީ. ތައް ސަރވިސްކޮށް މެއިންޓެއިން ކުރުމާބެހޭ:

މި މިނިސްޓްރީއާއި އަދި މި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ އިމާރާތުގައި ހަރުކުރެވިފައިވާ އޭ.ސީ. ތައް ސަރވިސްކޮށް މެއިންޓެއިން މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

13 ޝައްވާލް 1436

29 ޖުލައި 2015
ހޯދާ