ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ވަށާފާރު ރާނައި ގޭޓެއް ލައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގައި 05 ބުރި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ވަށާފާރު ރާނައި ގޭޓެއް ލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

13 ޝައްވާލް 1436

29 ޖުލައި 2015
ހޯދާ