ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމް

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ޖެނެރަލް މެޑިކަލް ޕްރެކްޓިޝަނަރ

މަޤާމުގެ ރޭންކް:CS12-1

މުސާރަ

މަހަކު -/15090 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/8،250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

 

އެހެނިހެން އެލަވަންސާއި އުޖޫރަ   

  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ.

ސެކްޝަން

ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޤައުމީ، އިޖުތިމާޢީ، ޞިއްޙީ އިންޝުއަރެންސްގެ ނިޒާމުގެދަށުން ރޭވޭ ހުރިހާ ޕްރޮގުރާމްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދީ ޢަމަލީގޮތުން ބައިވެރިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޢިނާޔަތާއި މެޑިކަލް ވެލަފެއަރއާ ގުޅުންހުރި ކަންކަމުގައި ޞިއްޙީގޮތުން ބޭނުންވާ ލަފާދިނުމާއި، ޞިއްޙީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
  • ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އައިޑެންޓިފައިކުރުމަށް ބޭނުންވާ ގައިޑްލައިންތައް ހެދުމަށް ބޭނުންވާ ފަންނީ ލަފާދިނުމައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ނަފްސާނީ ބަލިމީހުންނާ ބެހޭގޮތުން ހުށަހެޅޭ ލިއުންތައް ދިރާސާކުރުމާއި، ފަންނީ ލަފާދިނުން.
  • މި އެޖެންސީން ހިންގާ ސްކީމްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ މެޑިކަލް އޯޑިޓު ހެދުމާއި، ތަފާސްހިސާބު ބެލެހެއްޓުން.
  • މި އެޖެންސީން ހިންގާ މިނޫން ކަންކަމުގައި ވެސް ތަޢުލީމު ލިބިފައިވާ ދާއިރާއިން ފަންނީ ލަފާ ނުވަތަ މުވައްޒަފަށް ލިބިފައިހުރި ޢިލްމެއް ނުވަތަ ޤާބިލުކަމެއް ބޭނުންވާ ޙާލަތްތަކުގައި އެކަން ކުރުން.

 

ތަޢުލީމާއި ތަޖުރިބާ

  • މޯލްޑިވިސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވިސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވިސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

 

އެހެނިހެން އެލަވަންސާއި އުޖޫރަ   

1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

3- ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ސެކްޝަން

ޕްލޭނިންގް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުން ހިންގާ ޕްރޮގްރާމްތަކާބެހޭ އުޞޫލުތައް ތައްޔާރުކުރުމާއި، ރިވިއުކުރުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  2. ސިންގަލް ޕޭރަންޓުންނާއި، ނުކުޅުދެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ހޭދަކުރާ ފައިސާގެ ހެޔޮ އަސަރުތައް ކުރާ މިންވަރު ދިރާސާކުރުމާއި، ރިޕޯޓް ތައްޔާރުކުރުން.
  3. ކަރަންޓް ސަބްސިޑީޒްގެ މަގްޞަދު ހާޞިލުވާ މިންވަރު ދެނެގަތުމާއި، ކަރަންޓް ސަބްސިޑީ ބޭނުންކުރަމުންގެންދާ ފަރާތްތަކާ ބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތްތައް ހޯދައި، ރިޕޯޓް ތައްޔާރުކުރުން.
  4. ބެޔަސް ނުބެޔަސް ޕްރޮގްރާމްގެ ޕޮލިސީތަކާ އެއްގޮތަށް ޕްރޮގްރާމް ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމާއި، ކަމާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  5. ސޯޝަލް ސެކިއުރިޓީ ޤާނޫނުގެދަށުން ހިންގުމަށް ހަވާލުކުރެވޭ ޕްރޮގްރާމްތަކުގެ އުޞޫލުތައް ހެދުމާއި، ރިވިއުކުރުމާއި، ރިޕޯޓް ތައްޔާރުކޮށް، ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރުން.
  6. ޕްރޮގްރާމްތަކުން ނުކުންނަ ނަތީޖާތަކާއި، ހިންގުމުގައިހުރި އުނިކަންކަން ފާހަގަކޮށް ރިޕޯޓް ތައްޔާރުކުން.
  7. ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ރިޕޯޓްތައް ހެދުމާއި، ބޭރުގެ ފަރާތްތަކަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލްތަކުގެ މަސައްކަތްކުރުން.

   8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް  ނުވަތަ  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މިއެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015  އޮގަސްޓު  12  ވާ  ބުދަ  ދުވަހުގެ  14:30  ގެ  ކުރިން،  ނެޝަނަލް  ސޯޝަލް  ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)  އަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015  ވަނަ  އަހަރުގެ  އޮގަސްޓުމަހު  ނުވަތަ  ސެޕްޓެންބަރުމަހުގައި،  ނެޝަނަލް  ސޯޝަލް  ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3005323 ނަންބަރު ފޯނަށެވެ.

13 ޝައްޥާލް 1436

29 ޖުލައި 2015
ހޯދާ