ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 3,549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,521.09 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަން ލަރނިންގ

ސްޕައިން ޕޮއިންޓް:

1

ގްރޭޑް:

1

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އޮފީހުގެ ސާފުކުރަން ހަވާލުކުރެވޭ ތަންތަން ގަވާއިދުން ސާފުކުރުން. މިގޮތުން، ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަނަކީ:

  • ޖީ.ބްލޮކްގެ ކޮމްޕައުންޑުން، ފެކަލްޓީ އޮފް އާޓްސްގެ ކުރިމަތިން ބަހާފައި ދީފައިވާ ސަރަހައްދު.
  • ސީ. އޯ. އެލް. ގެ ކްލާސްރޫމް ނަންބަރު 9 އާއި 12
  • އޮފީސްބައިގެ އެތެރެ (ރިސެޕްޝަން އޭރިއާއާއި، އެޑްމިން ބައި)
  • ފިރިހެނުންގެ 2 ފާޚާނާއާއި ފާޚާނާ ބުލޮކުގެ ބޭރުގައިވާ ސަރަހައްދު.
  • އޮފީހުގެ ކުޑަ މީޓިންގ ރޫމް.
  • ސައިކޮޓަރިއާއި. ސައިކޮޓަރީގެ ކުރިމަތީގައި އޮންނަ ސަރަހައްދާއި/ ކްލާސްރޫމްތަކަށް ދާން އޮންނަ ކޮރިޑޯ.

2. ނަންބަރު 1 ގައި އިސްވެ ބަޔާންކުރެވުނު ތަންތަން ކޮންމެ ދުވަހަކުވެސް ސާފުކުރަންވާނެއެވެ.

3. ކޮންމެ ތަނެއް ސާފުކުރުމުގައިވެސް، އެތަނެއްގެ ތަޅުންގަނޑާއި، އެތަނެއްގައި ހުރި ފަރުނީޗަރާއި، މެޝިނަރީވެސް ހިރަފުސްފޮޅައި ސާފުކުރުމާއި، މޮޕް އަޅަންޖެހޭ ތަންތަނުގައި މޮޕް އެޅުން.

4. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ރީތިކޮށް ފޮހެ ސާފުކުރުން.

5. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ފަންކާތަކާއި، ހޮޅިބުރިތަކާއި، ބޮކިތައް، ކޮންމެ ދެ ހަފުތާއިން އެއްފަހަރު ފޮހުން.

6. ބްލޮކް ކްލާސް ނިމޭދުވަހު، ކްލާސްތައް ނިމުމުން، އެވަގުތު ޑިއުޓީގައި ހުރި މުވައްޒަފެއްގެ ލަފާގެމަތީން ކްލާސްރޫމްތައް ސާފުކުރުން.

7. އޮފީހުން ބައިވެރިވާ ޚާއްޞަ އިވެންޓްތަކާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި، ސެންޓަރުގެ ވެރިޔާ އަންގާގޮތެއްގެމަތީން އޮފީހުގެ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ