ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

32

ގްރޭޑް:

6

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު، ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ހުނަރާއި ޢިލްމު ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި، ފެކަލްޓީގެ ލިޔުންތަކާއި، ފެކަލްޓީން ފޮނުވާ ލިޔުންތަކާއި، ފެކަލްޓީއަށް ލިބޭ ލިޔުންތައް ބެލެހެއްޓުން.
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ކަންކުރަންޖޭ އުސޫލުން އެކަން ރަނގަޅުކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ކުރުން.
  • މަރުކަޒީ  އިދާރާއިން  އަންގާގޮތެއްގެމަތިން،  ކުރިއަށްއޮތް  އަހަރަށް  ލަފާކުރާ  ބަޖެޓް  ތައްޔާރުކުރުމާއި،  އަހަރު ނިމުމުން، އެ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ފެކަލްޓީގެ އިދާރީ ހަރަކާތްތަކާއި އެކަޑެމިކް ހަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ،  ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައިވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުމާއި، ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން.
  • ފެކަލްޓީއަށް ބޭނުންވާ ފަރުނީޗަރާއި ކޮންސިއުމަބަލްސް ފަދަ ތަކެތި، ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެގޮތެއްގެމަތިން މަރުކަޒީ އިދާރާގެ ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅައިގެން ހޯދުން. މިގޮތުން، ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި ޕްރެކްޓިކަލްއަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ހޯދުން.
  • ފެކަލްޓީއަށް ލިބޭ ކޮންސިއުމަބަލްސް ނުވަތަ ތަނުގައި ބަހައްޓައިގެން ބޭނުންކުރެވޭ ތަކެތީގެ ސްޓޮކް، ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަކަށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި، ފެކަލްޓީގެ ބޭނުންތަކަށް ބަލަހައްޓާ ކޮންސިއުމަބަލްސް މުވައްޒަފުންނަށް ދޫކޮށް، އެމީހުންނަށް ލިބުނުކަމުގެ ސޮއި ހޯދައި، އޭގެ ރެކޯޑު ބެލެހެއްޓުމާއި، ވޭތުވެދިޔަ ތާނގައި ދޫކޮށްފައިވާ ތަކެތި ހަވާލުވިކަމުގެ ސޮޔާއި އޭގެ ރެކޯޑު ފުރިހަމަކުރުން.
  • ފެކަލްޓީގެ ސްޓޮކް ރެކޯޑު ފޮތުގައި ބެލެހެއްޓުމުގެ އިތުރަށް 'އެމްއެސް އެކްސެލް' ގައި ކޮންމެ އައިޓަމަކަށްވެސް ވެއްދި، ދޫކުރި އަދި ބާކީ އެނގޭގޮތަށް ކޮމްޕިއުޓަރުގައި ބެލެހެއްޓުން.
  • ފެކަލްޓީއަށް ހޯދަންޖެހޭ ކޮންސިއުމަބަލްސް ހޯދައި ބެލެހެއްޓުމުގައި 'ރީ-އޯޑަރިންގ ޕްލޭނެއް' ތައްޔާރުކޮށް، އެއާ އެއްގޮތަށް ތަކެތި ހޯދުމުގެ ކަންތައް ކުރުން.
  • ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި ޤަވާއިދުން ނީލަމަށް ފޮނުވުމާއި، ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ރެކޯޑު ޤަވާއިދުން ބަލަހައްޓައި، އިންވެންޓްރީއަށް އަންނަ ބަދަލުތަކުގެ ރެކޯޑު ޤަވާޢިދުން ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަނެ، އެކަންކަން ކުރަން ހަމަޖެހިފައިވާ ޤަވާޢިދުންކޮށް، މާރާމާތުގެ ކަންތައް ބެލެހެއްޓުން.
  • އިމާރާތާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދިގުމުއްދަތަށް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ކުރަމުންދާގޮތް ބަލައި، މެއިންޓެނަންސް އެއްބަސްވުންތަކުގައި އެއްބަސްވެފައިވާގޮތަށް އެކަން ހިނގާތޯ ބަލައި ރިވިއުކޮށް، އެފަދަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެމަސްދުވަހުގެ ކުރިން އާބަޔަކު ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅު، ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެދަށުން އެޅުން.
  • ފެކަލްޓީގެ ބަދިގެއާއި، ރެސްޓޯރަންޓާއި، ކުލާސް ރޫމާއި، ގޯތިތެރެ ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށްދީ، އެފަރާތްތަކުން ކުލިދެއްކުމުގެ ކަންތައް ހިނގާނުހިނގާގޮތް ބަލައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 އޮގަސްޓު 6 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ