މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
3 ކޮމްޕިއުޓަރ ސިސްޓަމާއި 1 ސާރވަރ ގަންނަން ބޭނުންވެއްޖެ

އިޢުލާނު

މި މިނިސްޓްރީއަށް 3 ކޮމްޕިއުޓަރ ސިސްޓަމާއި 1 ސާރވަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)10-F/1/2015/90) (ތާރީޚު: 7 ޖުލައި 2015) ގެ އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 3 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏              6 ޝައްވާލް 1436 

22 ޖުލައި 2015
ހޯދާ