މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާ ބެހޭ

އިޢުލާން

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާފްލެޓްތައް ދޫކުރުމާ ބެހޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15 ފްލެޓަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ޝޯޓްލިސްޓް ކުރެވިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް، ކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ ޞައްޙަކަން ބަލައި، ކުރިން ޝޯޓް ލިސްޓު ކުރެވުނު ފަރާތްތައް ބާޠިލުކޮށް މި ފްލެޓްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އިޢުލާން ކުރުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކުގެ ހޯމް އެސެސްމަންޓް ހެދުމަށް ވަނީ ނިންމާފައެވެ. ފްލެޓް ދިނުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން އަލަށް އެކުލަވައިލެވިފައިވާ "ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާ ބެހޭ އުސޫލު" އަދި "ނުކުޅެދުންތެރިކަން ހުރި، ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދެވޭގޮތް" މި އިޢުލާނާއެކުގައި ގެޒެޓު ކުރެވިފައިވާނެއެވެ. އިސްވެ ދެންނެވިފައިވާ އުސޫލު މިނިސްޓްރީގެ ކައުންޓަރުން އަދި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ. ފްލެޓްތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ހޯމް އެސެސްމެންޓް ހަދަން ފެށުމަށް ހަމަޖެހިފައި ވަނީ 2015 އޮގަސްޓު މަހުގެ ތެރޭގައެވެ.

ވީމާ، ހޯމް އެސެސްމަންޓް ހެދުމަށް މި މިނިސްޓްރީގެ ފަރާތުން ދާއިރު މި ފްލެޓްތަކަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ލިޔެކިއުންތައް ހަމަކުރުމަށް ދަންނަވަމެވެ. އަދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތަކުން ފޯމު ހުށަހެޅުއްވި އިރު ދެއްވާފައިވާ އެޑްރެސް އަދި ފޯނު ނަމްބަރު ފަދަ މަޢުލޫމާތެއް ބަދަލުވެފައިވާނަމަ އެކަން މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ.

ހޯމް އެސެސްމަންޓް ހެދުމުގައި މަޢުލޫމާތު ހޯދުމަށް ބޭނުންވާ ލިޔެކިއުންތައް:

  1. ވަޒީފާ އަދާ ކުރާ ކަމުގެ ލިޔުން (ވަޒީފާ އަދާކުރާނަމަ)
  2. 6 މަސް ހަމަނުވާ ޑޮކްޓަރުގެ ލިޔުން (ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ހާލަތު ބަޔާންކޮށް ދީފައިވާ)
  3. އައި.ޑީ.ކާޑުގެ ކޮޕީ

މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 7788092 ފޯނުން ޑިސްއެބިލިޓީ ޑިވިޜަންގެ ފާޠިމަތު މުނާޝާއާ ގުޅުއްވުން އެދެމެވެ.

22 ޖުލައި 2015

22 ޖުލައި 2015
ހޯދާ