ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ ގްރޭޑް 03

މުސާރަ

މަހަކު -/5000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3000

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ ޢަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ދިވެހި އެފް.އެމް

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޯ ލްވޭލް އިމްތިޙާނުގެ 2 މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރޭޑިއޯ ޕްރޮގްރާމްތަކުގެ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ކޮންޓެންޓް، ހަމަޖެހިފައިވާ އުޞޫލުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި ފާސްކޮށް، ޕްރޮގްރާމް އުފައްދާ، ހުށަހަޅާ ޕްރޮގްރާމްތަކަށް އަޑު އަޅައިދީ ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުން.
  2. ރޭޑިޔޯ ކޮންޓިނިއުޓީ ގަޑިފުރާ ޚަބަރު ކިޔުން.
  3. ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގް ކޮމެންޓްރީ ދިނުން. (ވަގުތުން ދުރަށް ފޮނުވުން)
  4. ހަމަޖެހިފައިވާ އުޞޫލުން ކޯޕަރޭޝަންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ރޭޑިޔޯ ޕްރޮގްރާމްތައް ޙިއްޞާކުރުން.
  5. ރޭޑިޔޯ ޕްރޮގްރާމްތައް އުފެއްދުމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާދީ، ތަނުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  6. ހޭލުންތެރިކުރުވުމުގެ ސްޕޮޓް، ރޭޑިޔޯޑްރާމާ އަދި މިނޫންވެސް މިފަދަ ތަކެތި އުފެއްދުން.
  7. އުފައްދާ ޕްރޮގްރާމުތަކުގެ ރެކޯޑް ބެލެހެއްޓުން.
  8. މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 އޮގަސްޓު 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

                        29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ