ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

މެއިންޓަނަންސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލާއި، މި އަތޮޅުގެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ކުރަންޖެހޭ މަރާމާތުގެ އެންމެހައި މަސައްކަތްތައް ބަލައި، އެ މަސައްކަތްތައް ކުރުން.
  2. ހޮސްޕިޓަލާއި، އަތޮޅު ޞިއްޙީ މަރުކަޒުތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި، ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރުމާއި، އެފަދަ ތަކެތީގެ ރެޖިސްޓްރީ ބެލެހެއްޓުމާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާޢިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ދަތުރުކޮށް، އެތަންތަނުގައި ހުންނަ މަރާމާތުތައް ބަލައި، އުޅނަދުފަހަރާއި، ވެހިކަލްތަކުގެ ޙާލަތު ބަލައި، އެކަންކަން ޙައްލުކުރުން.  

 

 

 

ތަޢުލީމާއި، ތަޖުރިބާ

 

  1. ރިޕެއަރ އެންޑް މެއިންޓަނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އ ރިޕެއަރ އެންޑް މެއިންޓަނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ރިޕެއަރ އެންޑް މެއިންޓަނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ރިޕެއަރ އެންޑް މެއިންޓަނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ޢާންމުކޮށް މަސައްކަތް އޮންނާނެ ގަޑި

ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 3:00 އަށް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށްވަރުކުރުމަށް އިންޓަވިޔުކޮށްގެން.

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ރިސްކް އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެމް.ކިއު.އޭ. ގަބޫލުކުރައްވާކަމަށް ތައްގަނޑު ޖައްސަވާފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީނު) ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް  (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި، ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. މަސައްކަތު ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2015 އޮގަސްޓު 4 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް.

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

ޑރ.  ޢަބްދުއްޞަމަދު  މެމޯރިއަލް  ހޮސްޕިޓަލުގައި،  2015  އޮގަސްޓު މަހުގައި (ޝަރުޠު  ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

 

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6841970 ނަންބަރު ފޯނަށް ނުވަތަ 6841974 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށް މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

4 ޝައްޥާލް 1436

20 ޖުލައި 2015
ހޯދާ