ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ ކޯރޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް

ކައުންސެލަރ ކޯރޑިނޭޓަރ   

މަޤާމުގެ ރޭންކް

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ / ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މަޤާމުގެ ދާއިރާ

ކައުންސެލިންގ ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން.

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މުސާރަ

 -/7035 ރުފިޔާ

ސަރވިސް އެލަވަންސް

 -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

- ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.

- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފްލޯއަޕް ހެދުން.

- ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި ޙަފުލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.

- ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠު

 

 

1- ކައުންސެލިންގެ  ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކައުންސެލިންގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ކައުންސެލިންގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 

3- ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

 

 

 

ހުށަހަޅަންޖެހޭ ތަކެތި 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ސްކޫލް އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ދޫކުރަން އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 

 

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 2 އޮގަސްޓު 2015 ގެ ފަހުގެ  ތާރީޚެއްގައެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ކައުންސެލިންގެ ދާއިރާއިން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ.

- ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15.00 އެވެ.

ނޯޓު

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3324415 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

4 ޝައްޥާލް 1436

 

20 ޖުލައި 2015
ހޯދާ