ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް އިތުރުކޮށްފައިވާ ސްޓޯރ ކީޕަރުގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 18 މޭ 2015 ގައި ކުރެވުނު މި މަރުކަޒުގެ IUL)G1-SM/2015/02) ނަންބަރު އިޢުލާނުގައިވާ މަޤާމުގެ އަސާސީ ޝަރުޠަށް މިނިސްޓްރީ އޮފް ހެލްތުގެ އެޗް. އާރު. އެމް. ޑީ. ކޮމެޓީން ބަދަލުގެންނަވާފައިވާތީ، އެ އިޢުލާނާއި، އެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ހުށަހެޅުންތައް ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް  އަލުން އިޢުލާން ކުރަމެވެ.

މި މަރުކަޒުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

 އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީ މަރުކަޒުން ކަނޑައަޅާ ގޮތެއްގެމަތިން، މަރުކަޒަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރުން.

- މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހޯދައި، ސްޓޮކް ކޮށް ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގެ ފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓައި، ފިއުލް އޯޑަރުކުރުން.

- ޞިއްޙީ މަރުކަޒުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޞިއްޙީ މަރުކަޒުގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، އެ ތަކެތި ސްޓޮކްކޮށް ބަލަހައްޓައި، ހަމަޖެހިފައިވާ ޤަވާޢިދުގެދަށުން ތަކެތި ދޫކުރުން.

- ސްޓޮކުން ތަކެތި ހުސްވިޔަނުދީ، ސްޓޮކަށް މަދުވާ ތަކެތި ހޯދައި ސްޓޮކް ކުރުން.

- މުއްދަތު ހަމަވާ ތަކެތި، ކަނޑައެޅިފައިވާ ޤަވާޢިދުގެދަށުން ނައްތާލައި، ޤަވާޢިދުން ރެކޯޑްތައް ފުރިހަކުރުން.

- ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯޑުތައް ޤަވާޢިދުން ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.

- ސްޓޮކްގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ރިޕޯޓުތައް ތައްޔާރުކުރުން.

- ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް، ސޮއިކޮށް، ފޯމްތައް ފުރިހަމަކޮށް، ފައިލްކުރުން.

- ޞިއްޙީ މަރުކަޒަށް ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ، ޑެލިވަރީ ފޯމް، ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށް، ފޮނުވަންޖެހޭ ތަންތަނަށް ޤަވާޢިދުން ފޮނުވުން.

- އެކިއެކި ފަރާތްތަކުން ޞިއްޙީ މަރުކަޒަށް ފޮނުވާ ތަކެތި މަރުކަޒަށް ގެނައުމާއި، މަރުކަޒުން އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

 

 

މަޤާމުގެ ޝަރުޠު

- ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް  ބިޒްނަސް  މެނޭޖްމަންޓް،  ބިޒްނަސް  އެޑްމިނިސްޓްރޭޝަން،  ސްޓޮކް  މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ( www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)   

ނޯޓް: މަޢްލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި

- މި މަޤާމަށް  ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެފަހުގެ  ތާރީޚަކީ، 2015 އޮގަސްޓު 4 ވަނަ  ދުވަހުގެ 15:00 އެވެ.

- ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- މި މަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަވިއު ކުރެވޭނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލުމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6620216 އެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ