ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް އިތުރުކޮށްފައިވާ ކޭޝިއަރުގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 18 މެއި 2015 ގައި ކުރެވުނު މި މަރުކަޒުގެ IUL)G1-SM/2015/01) ނަންބަރުގެ އިޢުލާނުގައިވާ މަޤާމުގެ އަސާސީ ޝަރުޠަށް މިނިސްޓްރީ އޮފް ހެލްތުގެ އެޗް. އާރު. އެމް. ޑީ. ކޮމެޓީން ބަދަލުގެންނަވާފައިވާތީ، އެ އިޢުލާނާއި، އެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ހުށަހެޅުންތައް ބާޠިލްކޮށް، އެ މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން  / ރިސެޕްޝަން ކައުންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އާސަންދައިގެ ދަށުން ފައިސާ ލިބޭ ކަންތައްތަކަށް ބިލުހަދައި، ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ފޮނުވާ ފައިސާ ލިބެމުންދޭތޯ ކަށަވަރުކުރުން.

- ޞިއްޙީ މަރުކަޒަށް ލިބޭ އާމްދަނީގެ ފައިސާ، ހޮސްޕިޓަލުގެ އެކައުންޓަށް މަހުން މަހަށް ޖަމާކުރުމުގައްޔާއި، ރެކޯޑްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

- ފައިސާ ލިބޭ ކަންތައްތަކުގެ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.

- ޞިއްޙީ މަރުކަޒުގެ ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައްޔާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި އެހީތެރިވުން.

- އާމްދަނީ ފައިސާގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.

- އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުޠު

- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން ) ސީ އޭ ޓީ ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ ސީ ސީ އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން ( ސީ އޭ ޓީ ) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ޢިނާޔަތްތައް

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުޞޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ވަޒީފާއަށް އެދޭ ފޯމް، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ނުވަތަ އެކްރެޑިޓްކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި

- މި މަޤާމަށް  ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެފަހުގެ  ތާރީޚަކީ، 2015 އޯގަސްޓު 4 ވަނަ ދުވަހުގެ 15:00 އެވެ.

- ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6620216 އެވެ.

29 ރަމޟާން 1436

16 ޖުލައި 2015
ހޯދާ