ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ދަފުތަރެއް ތައްޔާރުކުރުން

އިޢުލާނު 

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީގެން މި ގެންދަނީ ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ދަފުތަރެއް ތައްޔާރުކުރަމުންނެވެ. މި ދަފުތަރުގައި ހިމެނޭނީ ރާއްޖޭގެ ރަށްތަކުގައި ހުރި އެ ރަށެއްގެ ބަޔަކު އެ ތަނެއްގެ އަގުވަޒަންކުރާ އަދި ދިވެހިރާއްޖޭގެ ޘަޤާފަތާއި އާދަކާދަ އަދި ތާރީޚަށް މުހިންމު ތަންތަނެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ މާއްދީ ތަރިކައިގެ ނަމުގައި ވަގުތީ ލިސްޓެއް މި އިޢުލާނާއެކު އާންމު ކުރަމެވެ. މި ލިސްޓަކީ ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތް ކުރި އިދާރާތަކުން އެކި ދުވަސްވަރު ތައްޔާރުކޮށް ބޭނުންކުރަމުން ގޮސްފައިވާ ލިސްޓެކެވެ. ވުމާއެކު، މި ލިސްޓަށް އުނި އިތުރު އައުން އެކަށީގެންވެއެވެ. މި ލިސްޓުގައި ނުހިމެނި އޮތް ތަރިކައެއް ނޫނީ ހިމަނަން އެދިލައްވާ ތަރިކައެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 3 މަސްދުވަހުގެތެރޭގައި މި އިއުލާނާއެކު އާންމު ކުރެވޭ ފޯމު ފުރުމަށްފަހު މި ޑިޕާޓްމަންޓަށް ފޮނުއްވައިދެއްވުން އެދެމެވެ. މި ފޯމާއެކު ތަރިކަ ކަނޑައެޅުމަށް ބަލަންޖެހޭ މިންގަނޑުތައް ހިމެނިފައިވާނެއެވެ.          

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ގައުމީ ދާރުލް އާސާރު – 2 ވަނަ ފަންގިފިލާ

ޗާންދަނީމަގު، މާލެ.

ދިވެހިރާއްޖެ.

ފޯނު: 3323206

ފެކްސް: 3326796

އީ-މެއިލް: [email protected]

އިތުރު މަޢުލޫމާތު

ފޯމު ހުށަހަޅާއިރު ތަރިކަ ކަނޑައެޅުމަށް ބަލާ މިންގަނޑުތަކަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340214 ނުވަތަ 3340215 ނަންބަރަށެވެ.

                21 ރަމަޟާން 1436ހ

08 ޖުލައި 2015
ހޯދާ