މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
1436 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00ން 19:00އަށް މާލޭގައި ފައިމަގުގައި ހިނގައިފައި އުޅޭ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖެއްސުން

އިޢުލާން

1436 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00ން 19:00އަށް މާލޭގައި ފައިމަގުގައި ހިނގައިފައި އުޅޭ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ.

ވީމާ، ޢީދުދުވަހުގެ ހަވީރު 16:00ން 19:00އާދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު އެދުވަހުގެ 16:00ން 19:00 އާ ދެމެދު ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009 /5 ގެ 5 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާ ކަމެއް ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2- އެމްބިއުލެންސް

3- ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް

4- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

5- އެދުވަހު އެގަޑީގައި ދުއްވުމަށް ހުއްދަ ދެވޭ އުޅަނދު

6- އާއްމު ދަތުރުފަތުރުގެ ހުއްދަ ދިނުމަށް ސިޓީކައުންސިލުން ހުއްދަ ދީފައިވާ ބަހުގެ ޚިދުމަތް

މަތީގައިވާ ހަ ބާވަތުގެ ތެރެއިން 3ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދަށް ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރްކަޗަރގެ ޢާންމު ޚިދުމަތްތަކާބެހޭ ބައިން ދޫކުރައްވާގޮތަށް އެފަރާތުންވަނީ ހަމަޖައްސަވާފައެވެ. މި ހުއްދަ އުޅަނދުތަކުގައި އާންމުކޮށް ފެންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަންވެސް އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ