ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް

7

ދާއިރާ:

ކޮމްޕިއުޓަރ ސައިންސް

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް، އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  1. ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ގުޅޭ ދާއިރާއިން ޙާޞިލުކޮށްފައިވުން
  2. މެނޭޖްމެންޓް ތަޖުރިބާ އާއި ނުވަތަ ޚާއްސަ ހުނަރުތައް އެނގުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ސިސްޓަމް އެޑްމިނިސްޓްރޭޓަރ ގްރޭޑް 7 ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ސިސްޓަމް އެޑްމިނިސްޓްރޭޓަރ ގްރޭޑް 6 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

6

ދާއިރާ

ކޮމްޕިއުޓަރ ސައިންސް

ސްޕައިން ޕޮއިންޓް:

32

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަކަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.

   2. (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއަށްފަހު  ޚާއްޞަ  ދާއިރާއިން  ފުން  ޓެކްނިކަލް  ނުވަތަ  އިދާރީ  ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޔުނިވަރސިޓީގެ ބެލުމުގެ ދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

2. ޔުނިވަރސިޓީގެ މުވައްޒަފުންގެ މަޢުލޫމާތު ބަލަހައްޓާ އެޗް.އާރ. ސިސްޓަމުގެ އެޑްމިނިސްޓްރޭޓަރެއްގެގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ދުވަހީގޮތެއްގައި ބޭނުންހިފޭނެ އިންތިޒާމު ހަމަޖައްސައި، ތަރައްޤީކޮށް، މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތް ކުރުމާއި، މިކަމާ ގުޅޭ ތަމްރީން ހިންގުން.

3. ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ/ހޯދާ އެހެނިހެން ސޮފްޓް ވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް ލިޔުމާއި އިތުރަށް ތަރައްޤީކުރުން. މީގެ އިތުރުން، ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ، އެ ހޯދުމުގައި އެހީތެރިވުން.

4. މަރުކަޒީ އިދާރާގެ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާއި، ނެޓްވާރކުގެ ޒަރީޢާއިން މަރުކަޒީ އިދާރާ/ފެކަލްޓީ/ސެންޓަރތަކަށް ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ އަންގާގޮތެއްގެ މަތިން ފަރުމާކޮށް ބެލެހެއްޓުން.

5. ނެޓްވާރކު މައްސަލަތައް ކުޑަކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އަދި ބޭނުންވާ އެންމެހައި ކަންތައްތައް ކުރުމާއި، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާ ޓެކްނިކްތައް ދެނެގަނެ އެ ކަންތައްތަކުގެ އެހީގައި ނެޓްވާރކުގެ ސެކިޔުރިޓީ އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.

6. ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތްވީހާވެސް ޚަރަދުކުޑަ، ބޭނުންތެރިގޮތަކަށް ދިނުމާއި، އެކަންތައް އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.

7. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

8. މީގެ އިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ހަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ،  ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ