މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް 1)

އިޢުލާން

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

1963/50 ރުފިޔާ

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާރޒް

މަޤާމުގެ ޝަރުޠުތައް:

 

  • ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދާއި މާލިއްޔަތު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، ފައިސާއާބެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދުކުރުމާއި، އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހައި މުޢާމަލާތުތައް ހިންގާ ބެލެހެއްޓުން.
  • މުވައްޒަފުންނަށް މުސާރައާއި، އެލަވަންސްއާއި އެހެނިހެން ފައިސާ ގަވާއިދުން ދިނުމުގެ ކަންތައް ކުރުން.
  • ފައިސާ ޚަރަދުކުރުމުގެ ވައުޗަރއާއި، ވައުޗަރ ރަޖިސްޓްރީ އަދި ޗެކް ރަޖިސްޓްރީ ބަޖެޓް ބަލަހައްޓާ މުވައްޒަފަކުލައްވާ ތައްޔާރުކޮށް އެތަކެތި ޗެކް ކުރުން.
  • ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް ލަފާކުރާ ބަޖެޓް އެމިނިސްޓްރީއަށް ފޮނުވުން.
  • ކައުންސިލްގެ އިމާރާތުގައި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގެ އެންމެހައި މަސައްކަތް ކުރުވާ ބެލެހެއްޓުމާއި، ކައުންސިލަށް ބޭނުންވާ ފަރުނީޗަރއާއި ފިޓިންގްސް ހޯދުމާއި އެތަކެތީގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.
  • ކައުންސިލުގެ މާލީ ބަޔާން ތައްޔާރުކުރުން.
  • ތިޖޫރީއާއި ޕެޓީ ކޭޝްގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓު ހަފުތާއަކު އެއްފަހަރު ހަދައި ފިނޭންސްއަށް ފޮނުވުން.
  • ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި އެތަކެތި ފައިލުކޮށް ބެލެހެއްޓުން.
  • ކައުންސިލުގެ އެޗް.އާރު ސެކްޝަނުގެ މަސައްކަތްތައް ކުރުން. (މިމަސައްކަތްތައް ކުރައްވާ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ހާލަތެއްގައި)
  • ކައުންސިލްގެ އެޗް.އާރު.އެމް.ޑީ ކޮމެޓީ މަސައްކަތްކޮށް ބެލެހެއްޓުން. (މިމަސައްކަތް ކުރައްވާ މުވައްޒަފަކު އޮފީހަށް ޙާޒިރުނުވާ ހާލަތެއްގައި)
  • ކައުންސިލުން ބަލަމުންގެންދާ މައްސަލަތައް ބެލުމުގައި އެހީތެރިވެދިނުމާއި ކައުންސިލްގެ އަހަރީ ރިޕޯޓު ހެދުމުގައި އެހީތެރިވެދިނުން.
  • ކައުންސިލުން ބާއްވާ ވޯކްޝޮޕް، ސެމިނާ އަދި އެހެނިހެން ޓްރޭނިންގ ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  • ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހިނގާދިޔަ މަހުގެ ބަޖެޓް ރިޕޯޓު، ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. (މިމަސައްކަތްތައް ކުރައްވާ މުވައްޒަފު އޮފީހަށް ޙާޒިރުނުވާ ހާލަތުގައި)
  • މީޑިއާ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ، އެއިރަކު އެހީތެރިކަމަށް ބޭނުންވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމަތީ މާކްސް ހޯދާ ފަރާތެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން 2015 ޖުލައި 30 އާއި އޮގަސްޓް 06 އާ ދޭތެރޭގައި މިކައުންސިލުގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.

21  ރަމަޟާން 1436 

08 ޖުލައި 2015
ހޯދާ