ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ  

ވަޒީފާގެ ދާއިރާ:       

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

މެކޭނިކަލް އިންޖިނއަރިންގ ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ޑިޕާޓްމަންޓް ހިންގުމުގައި އިންޖިނިއަރިން ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މަސައްކަތްތައް ރިވިއު ކުރުން
  • ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

20 ޖުލައި 2015 ދުވަހުގެ 13.30 ގެ ކުރިން

މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 20 ޖުލައި 2015 ދުވަހުގެ 13.30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

21 ރަމަޟާން 1436

08 ޖުލައި 2015
ހޯދާ