މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕަރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ނުވަތަ އެއާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ނުވަތަ އެއާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް މެނޭޖްމެންޓްއާ ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ދަށުން ހުށަހަޅަންޖެހޭ ބައިއެނުއަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވެދިނުން؛
  • ޑިޕާރޓްމަންޓުން ތައްޔާރު ކުރެވޭ ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން؛
  • ކުލައިމެޓް ޗޭންޖް މިޓިގޭޝަންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި ޑިޕާރޓްމަންޓުން ކުރާ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހިތެރިކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން؛
  • ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަންތައް ކަމާބެހޭ ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން؛
  • ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި މި މުޢާހަދާގެ ދަށުން އެއްބަސްވެވޭ، އަދި ރާއްޖެ ޤަބޫލުކުރާ ތަފާތު މަރކެޓް އަދު ނޮން މަރކެޓް މެކޭނިޒަމްތައް ރާއްޖެއަށް ތަޢާރަފުކުރުމާއި، ހިންގުމުގައި އެހީތެރިވުން؛
  • މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ވަކިން ޚާއްޞަކޮށް މިޓިގޭޝަނާ ބެހޭ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ ރަޢްޖެ ތަމުސީލުކުރަންޖެހޭ ޙާލަތްތަކުގައިބައިވެރިވުމާއި މިފަފަ ބައދަލުވުންތަކުގައި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތު ހާމަކުރުން މިމަސައްކަތް ކުރުމާއި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި މިފަދަ ބައްދަލުވުންތކަުގައި ބަިވެރިވުން.
  • ކުލައިމެޓް ޗޭންޖާ ގުޅެ ދާއިރާއިން މިޓީގޭޝަން ދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މޫސުމަށްއަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ތިމާވެއްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  • މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ( ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ޖުލައި  2015 އާއި 27 އޮގަސްޓް 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

21 ރަމަޟާން 1436

08 ޖުލައި 2015
ހޯދާ